Search Streamline Icon: https://streamlinehq.com

މާލޭ، ބާޒާރުމަތީގައި 126 މިލިއަން ރުފިޔާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރަނީ

Male Wet market

މާލޭ، ލޯކަލް މާރުކޭޓު ހިންގަމުންދާ ބިމުގައި މަސްމާރުކޭޓެއް ހިމެނޭގޮތަށް މުޅިންއަލަށް މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މާރުކޭޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

މާލޭގެ އުތުރުފަރާތުގައި ޢީމާރާތްކުރާ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.

Wet Market male 2
މާލޭގައި ތަރައްޤީކުރާ ވެޓް މާކެޓް ކޮމްޕްލެކްސްގެ ކުރެހުމެއް—ފޮޓޯ/ ޢިމާރާތްކުރުމާބެހޭ ވުޒާރާ

ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން، ތިން ލައްކަ ފަންސާސް ނުވަ ހާސް، ފައްސަތޭކަ ނުވަދިހަ ހަތަރު ތުފިޔާ، ނުވަދިހަ ހަތަރު ލާރި)އަށެވެ.

ހަ ފަންގިފިލާއަށް އިމާރާތްކުރާ ވެޓް މާކެޓް ކޮމްޕްލެކްސްގައި ޕާރކިންގއަށް ބޭސްމަންޓްއިން ޚާއްޞަ ޖާގައެއް ކަނޑައަޅާއިރު ގްރައުންޑް ފްލޯގައި ހުންނާނީ މަސްމާރުކޭޓެވެ. 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ވެޖިޓަބަލް މާރކެޓް ހުންނައިރު 4 ވަނަ ފްލޯގައި ފުޑް ކޯޓު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި