Search Streamline Icon: https://streamlinehq.com

ލޯންޗު ޓިކެޓުގެ އަގު އަތްނުފޯރާ ހިސާބަށް އުފުލިއްޖެ

Launch Ferry

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް އުފުލި، އަތޮޅުތެރެއަށް ކުރާ ލޯންޗު ދަތުރުތަކުގެ އަގުތައް މިވަނީ އަތްނުފޯރާ މިންވަރަކަށް ބޮޑުކޮށްފިއެވެ.

ތެލުގެ އަގަށް އައި ކުއްލި ބަދަލާ އެކު، ކުރިއަށް އޮތް ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި ލޯންޗުތަކުގެ ޓިކެޓުގެ އަގުތަކަށް ވަނީ އިއްޔެއިން ފެށިގެން ބޮޑު ބަދަލެއް އައިސްފައެވެ.

އެގޮތުން މާލެއިން ބ. އޭދަފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓެއްގެ އަގު މިހާރު ވަނީ 850 ރުފިޔާ އަށް އުފުލިފަ އެވެ. އަދި ރ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓް އަގު ވަނީ 1,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ.

މި ރޯދަމަސް ފެށުނުއިރު އޭދަފުއްޓަށް ދަތުރުތައް ކޮށްފައިވަނީ 500 ރުފިޔާ އަށެވެ. އަދި ރ. އަތޮޅުގެ ރަށްރަށަށް އޭރު ދަތުރުކުރަމުން އައީ 700 އާއި 750 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މިއީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް އީދަށް ރަށަށް ދާން ބޭނުންވާ މީހުންނަށް ކުރިމަތިވާނެ އެންމެބޮޑު ތަކުލީފެކެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް މިހާ ބޮޑަށް އުފުލިފައިވާއިރު، ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ މިކަމަށް ހައްލެއް ހޯދައިދިނުމަށް ނިންމާފަ އެވެ. އެގޮތުން ލޯންޗު އޮޕަރޭޓަރުންނަށް ކުރީގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެސްޓީއޯއިން މިހާރު ވަނީ ނިންމާފައެވެ.

ސޯސް:އީޓީ

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި