Search Streamline Icon: https://streamlinehq.com

ފަހުގެ

މިނިސްޓަރު ޢަލީ އާރިފު މަޤާމުން އިސްތިއުފާ ދެއްވައިފި

Minister Ali arif

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި މިނިސްޓަރ ޢަލީ އާރިފް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލީ ބފުޅެއްކަމުގައިވާ އަލީ އާރިފު އެމަޤާމުން އިސްތިޢުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ވަނީ ސާފުވާ ގޮތް ނުވެފައެވެ.  ޢަލީ އާރިފުގެ އިތުރުން އަލީ އާރިފްގެ ބޭބެ، އިގްބާލް އާދަމް ވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ މިނިސްޓަރުގެ މަޤާމުގައެވެ.

ޢަލީ އާރިފު އިސްތިޢުފާ ދެއްވާފައި މިވަނީ މިމަހުގެ 04 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާލިބުންތާ ހަފްތާއެއް ވެފައިވަނިކޮށް، ސަރުކާރުގެ އިސް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މޭޖަރ (ރިޓަޔާޑް) މުހައްމަދު ނަޖާހާއި، އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީއާއި، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ އިބްރާހިމް ޝާހިދުވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. މީގެ އިތުރުން އެމްޕީއެލްގެ އެމްޑީ މުޙައްމަދު ރިޝްވާން ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރުއާއި، އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން ވެސް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުން ފެންވަރުގައި ޢައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޢަލީ އާރިފް ހިމެނި ވަޑައިގަންނަވައެވެ. އޭނާ އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ސަރުކާރު މީޑީއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ބަލައިގަންނަވާ ކަމަށް ވިދާޅުވެ، އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި