Search Streamline Icon: https://streamlinehq.com

ފަހުގެ

ޑްރަގް އެންފޯސްމެންޓާއި މީރާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Police Drug

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯރސްމެންޓުން އިސްނަގައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގް ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

ފުލުހުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 12 އިން 16 އެޕްރީލްގެ ނިޔަލަށެވެ. ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެޕްރީލް 19 ވަނަ ދުވަހުއެވެ. މި ތަމްރީނުގައި ބައިވެރިވެފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް (ސީ.އައި.ސީ) ގެ އެކި ބަހާތަކުގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފައިނޭންޝަލް އެނަލިސްޓުން ހިމެނޭ ގޮތަށް ޖުމުލަ 30 ބައިވެރިން ކަމުގައެވެ.

މި ޕްރޮގްރާމަކީ ތަހުގީގު މަރުހަލާގައި މީރާގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި އެއްބާރުލުންތައް ދެނެގަނެ، މީރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުމަށް ހިންގި ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން އިންވެސްޓިގޭޓަރުންނާއި މީރާއާ ދެމެދު އޮތް ގުޅުން ބަދަހިވެ، ތަހުގީގާ ގުޅުން ހުރި ކަންކަމުގައި މީރާގެ އެހީ ހޯދޭނެ މަގު ފަހިވެގެން ގޮސްފައިވެއެވެ.

މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ މީރާގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ތަހުގީގާ ގުޅުން ހުރި މަސައްކަތްތަކާއި، ޓެކްސްއާ ގުޅުން ހުރި ރިކަވަރީ އަދި އެންފޯސްމެންޓްގެ ބައިތަކާއި، އޮޑިޓް، އޮބްޖެކްޝަން އަދި އޮފެންސްގެ މައުލޫމާތާއި، ރާއްޖޭގައި ނެގޭ އެކި ބާވަތުގެ ޓެކްސްގެ މައުލޫމާތުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި