Search Streamline Icon: https://streamlinehq.com

ފަހުގެ

އަލްޙާފިޡް އިބްރާހީމް މިޛްއާން އާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

Haafiz Midhuaan and Shaheem

ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން އެއްމެ 14 އަހަރުގެ އަލްޙާފިޡް އިބްރާހީމް މިޛްއާން އާދަމް އާއި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު،  ބައްދަލުކުރައްވައިފި އެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވާގޮތުގައި ޅ. ނައިފަރު ތިޔަރި، އަލްޙާފިޡް އިބްރާހީމް މިޛްއާން އާއި ވަޒީރުގެ މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡް އިބްރާހީމް މިޛްއާން އާދަމް ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.

އަލްޙާފިޡް އިބްރާހީމް މިޛްއާން އާދަމް ޙާފިޡުކަމުގެ ސަނަދު ހާސިލްކުރީ 25 މާރިޗު 2026 ގައެވެ. އަދި ސަނަދު ހާސިލްކޮށްފައިވަނީ 1 މަސް ދުވަސްތެރޭ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ 1 ވަނަ ދަރަޖައިގައި ފާސްވެގެން ކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި