Search Streamline Icon: https://streamlinehq.com

ފަހުގެ

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ކޮމިޝަނާ އޮފް ޕޮލިސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Pol civil

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު، ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވިގޮތުގައި މިއަދު، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން، ދެ މުއައްސަސާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، މުއައްސަސާތައް ތަރައްގީކުރުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި