Search Streamline Icon: https://streamlinehq.com

ކައުންސިލްތަކުގެ އެސްޖީ ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Addoo City Council

ދިވެހިރާއްޖޭގެ ސިޓީކައުންސިލްތަކާއި، އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން  އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ އިދާރާތަކަށާއި، އަތޮޅު ކައުންސިލްގެ އިދާރާތަކަށާޢި، ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދަން ބޭނުންވާ ކަމުގަ އެވެ. އަދި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަކީ ކޮންމެ ކައުންސިލް އެއްގައި ހުންނަވާ އިދާރީ އެންމެ އިސް ވެރިޔާގެ މަޤާމު ކަމަށްވެސް އެ ކޮމިޝަނުގެ އިއުލާނުގައި ބުނެފައި ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާންގައި އެސްޖީންގެ މުސާރަވެސް ވަނީ ޢާންމުކުރައްވާފަ އެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 200 މީހުން ހޯދުމަށްބޭނުންވާ ކަމުގައެވެ.  ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާ ބޭފުޅުންނަކީ ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ އެވެ. މި މަޤާމުތަކަށް އެދިލައްވާ ފަރާތްކަށް އަންނަ ހޯމަ ދުވަހާއި ހަމައަށް އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކޮމިޝަނުން ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން https://myaccount.csc.gov.mv/CouncilSg   ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅޭނެ އިންތިޒާމު ސީއެސްސީން މިހާރު ވަނީ ހުޅުވާލައްވާފައެވެ.

ކައުންސިލްގެ ރުހުމާއި އެކު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމަށް ހަމަޖެހިފައިވާއިރު އެ ފަރާތްތަކަށް ކައުންސިލެއްގެ 60 އިންސައްތައަށްވުރެ މަތިން މާކްސް ލިބެން ޖެހޭނެއެވެ. 60 އިންސައްތަ މާކްސް ލިބިލައްވާ ފަރާތްތަކުގެ ނަންނަތައް ސިވިލް ސާރވިސް ކޮމިޝަނުން ކައުންސިލްތަކާއި ޙިއްޞާކުރައްވާނެއެވެ. އަދި ކައުންސިލުން އެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާނެ ބޭފުޅަކު ކަނޑއަޅައި ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވަންޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *