Search Streamline Icon: https://streamlinehq.com

ފަހުގެ

ދިވެހި ޙައްޖުވެރިންގެ އެއްމެ ފަހު ގުރޫޕު ފުރައިފި

Hajju

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ފަހު ގުރޫޕު ފުރައިފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގައި އިއްޔެ ހެނދުނު 253 ޙައްޖުވެރިން ވަނީ ފުރާފައެވެ. މިއާއެކު މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖުވެރިން މިވަނީ ރާއްޖެއިން ފުރާފައެވެ.

އެގޮތުން ފުރަތަމަ ތިން ގުރޫޕުގެ ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ ޢުމްރާވެސް ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިވަގުތު މައްކާގައި ތިބި އެންމެހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި