Search Streamline Icon: https://streamlinehq.com

ފަހުގެ

ފުޖައިރާގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެޖެ

Fujaira UAE

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ފުޖައިރާގައި ވެހިކަލްތަކެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޔޫ.އޭ.އީ ގެ ރައީސް، އަބޫދާބީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާގައި، އަދި މި ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޔޫ.އޭ.އީ ގެ ރައީސަށާއި، އެ ޤައުމުގެ ސަރުކާރާއި، އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫ.އޭ.އީ އާއި އެކުގައިކަން އެ މަނިކުފާނު ތަކުރާރުކޮށް ޔަޤީންކޮށްދެއްވައި، މި ހިތާމަވެރި ހާދިސާގެ އަސަރު ކުރި އެންމެހައި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ފުރާނަތަކަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާކުރައްވާފައިވެއެވެ. އަދި، އަނިޔާލިބުނު ފަރާތްތަކަށް އަވަސް އަދި ފުރިހަމަ ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާކަން އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި