Search Streamline Icon: https://streamlinehq.com

ނަފުރަތުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅުއްވި އިޞްލާޙްތައް އާއްމުކޮށްދެއްވާ: ޑރ ޝަހީމް

Dr.Shaheem

ރައްޔިތުންގެ މަޖިލީހުގެ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ ޢިއްޒަތްތެރި މެމްބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ ނަފުރަތު ހުއްޓުވުމުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާޙުތައް އާންމު ކޮށްދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަފުރަތުގެކުށް ބަޔާންކުރާ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅުއްވި އިސްލާޙްތައް އާންމު ކުރެއްވުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމުގައެވެ.

”ނަފުރަތުގެ ކުށް ބަޔާންކުރާ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅުވި އިސްލާހުތައް އާންމު ކުރެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން.“

މި ބިލުގެ މައްސަލަ ކޮމިޓީ މަރުހަލާގައި އޮތްއިރު ކޮމިޓީންވަނީ އިސްލާމިކް މިނިސްޓްރީއާއި، އެޗްއާރުސީއެމްގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ލަފައަކަށް އެދިލައްވާފަ އެވެ. މިތިން މުއައްސަސާއަށްވެސް ޖަވާބުދާރީވުމަށް ދެއްވާފައިވާ އެންމެ ފަހުވަގުތަކީ މިއަދުގެ 12:00 އެވެ.

މި ބިލަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މާދަމާ މެންދުރު 12 ޖެހުމާއި ހަމައަށް ފުރުޞަތު ހުޅުވާލާފަ އެވެ.

ރާއްޖޭގެ ކަންކޮޅުތަކުން ކައުންސިލްތަކުންނާއި އާއްމު ރައްޔިތުންގެ އިތުރުން ބައެއް ސިޔާސީ ޕާޓީތަކުން މި ބިލާއި ދެކޮޅަށް ބަޔާންތައްނެރެ އަޑުއުފުލަމުންދާ މިދަނޑިވަޅުގައި، މި ބިލާއި ދެކޮޅަށް ރާއްޖޭގެ 101 އިލްމުވެރިޔަކު ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ވަނީ ހުށަހަޅުއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *