މީސްމީޑިޔާގައި މިއަދު ދައުރުވަމުންދިޔަ ވީޑިޔޯއިން ފެނިގެންދަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި ދިރިއުޅޭ ކުދިން ނޫންކަމަށް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާރވިސަސްއިން ބުނެފިއެވެ.
މީސްމީޑިއާގައި މިއަދު ދައުރުވަމުންދިޔަ ވީޑިއޯއެއްގައި ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި ދިރިއުޅޭ ކުދިން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ހަރުދަނާ ގޮތެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލުމުގެ ކަންތައް ނުދާކަމުގެ ޝަކުވާ އާއްމުންދަނީ ކުރަމުންނެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބޭނުންތަކަށް އަޅާނުލާ އެކުދިންގެ ކަންތައްތަކުގައި ފަރުވާ ކުޑަވާތީ އެމައްސަލަ ކުޑަކުދިންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ޖަމްއިއްޔާ، އާރކްއިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ފިޔަވަތީގެ ކުދިން ނޫން ނަމަވެސް އެ ވީޑިއޯގެ މައްސަލަ ބައްލަވަމުންދާ ކަމަށެވެ.
މީސްމީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއެއްގައި ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި ދިރިއުޅޭ ކުދިން ކަމުގައި ފާހަގަކޮށްފައިވާތީ ދަންނަވަމެވެ. މި ވީޑިއޯގައި ފެންނަ ކުދިންނަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނެއް ނޫނެވެ. (1/2) @MoGFSSmv
— Child and Family Protection Service (@cfps_mv) June 23, 2021
ނަމަވެސް މި ވީޑިއޯއަކީ ކުޑަކުދިންތަކެއް ހިމެނޭ ވީޑިއޯއަކަށް ވުމުން މި މައްސަލަ މި ސަރވިސްއިން ބަލަމުންދާކަން ދަންނަވަމެވެ. އަދި މިފަދަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުކުރުމުގެ ބަދަލުގައި ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ. (2/2) @MoGFSSmv
— Child and Family Protection Service (@cfps_mv) June 23, 2021
ނަމަވެސް މި ވީޑިއޯއަކީ ކުޑަކުދިންތަކެއް ހިމެނޭ ވީޑިއޯއަކަށް ވުމުން މި މައްސަލަ މި ސަރވިސްއިން ބަލަމުންދާކަން ދަންނަވަމެވެ. އަދި މިފަދަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުކުރުމުގެ ބަދަލުގައި ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ.“ އެސާވިސަސްއިން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.









