Search Streamline Icon: https://streamlinehq.com

އަންނަ ހޮނިހިރު ދުވަހު ހިޔާ ފްލެޓް ދައްކަން ފަށަނީ

Hulhumale,

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހު ފްލެޓް ދައްކަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީއިން ވިދާޅުވި ގޮތުގައި ފްލެޓްގެ ހައްޤުވެރިންނަށް ފްލެޓް ދެއްކުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށާއި އިމާރާތްތައް ދެއްކުން ކުރިޔަށް ދާނީ ހޮނިހިރު ދުވަހުން ފެށީގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަތަރު ދަންފަޅިއަށް ބަހާލައިގެން ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް އިމާރާތްތައް ދައްކަން ފަށާއިރު ކޮންމެ ފްލެޓެއް ބެލުމުގެ ފުރުސަތު ދެވޭނީ ދެ މީހަކަށެވެ. އަދި ފްލެޓު ބަލަން ދާ ދެމީހުންގެ އައިޑީކާޑު އޮންނަންވާނެ ކަމަށާއި ފްލެޓު ލިބޭ ފަރާތަށް ނުދެވޭ ނަމަ ބަލަން ދާ މީހުންގެ އަތުގައި ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް އޮންނަންވާނެ ކަމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވި ގޮތުގައި ފްލެޓް ލިބުނު މީހުންނަށް އިމާރާތް ދައްކާލުމުގެ މައިގަނޑު މަޤްސަދަކީ އިމާރާތް ހުރި ގޮތް ބަލާލުމަށްފަހު ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފްލެޓްތައް ބަލައި ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތުގެ އަންދާޒާއެއް ހެދުމަށާއި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފްލެޓްގެ މިންތައް ނެގުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެޗްޑީސީން ހުޅުވާލާ މި ފުރުސަތުގައި ހަމަޖެހިފައިވާ ދުވަހަށް ފްލެޓް ބަލަން ނުދެވޭ ނަމަ، ފްލެޓް ދެއްކުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓް ލިބުނު މީހުން ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިފްލެޓްތަކުގެ މަހު ކުލިއަކީ 7500 ރުފިޔާ އަދި ސާވިސް ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *