Search Streamline Icon: https://streamlinehq.com

ކޮވިޑް-19: ބްރެޒިލުން އިއްޔެ އެކަނި ލައްކައަށްވުރެ ގިނަ ކޭސް ފެންމަތިވެއްޖެ

2020 05 21 95757 1590027999. large

ކޮވިޑް-19 ޕެންޑަމިކްގައި އިއްޔެ އަކީ ބްރެޒިލްއަށް ކަޅު ދުވަހެކެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ބްރެޒިލުން އިއްޔެ އެކަނި 1،15،228 މީހުން މިވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއީ މިހާތަނަށް އެއްދުވަހެއްގެތެރޭގައި އެންމެ ގިނަ ކޭސް އެޤައުން ފެނުނު ފުރަތަމަ ދުވަހެވެ. ރެކޯޑް އަދަދަކަށް އެއްދުވަހެއްގެ ތެރޭ ކޮވިޑް ކޭސް ފެނުނު ފުރަތަމަ ދުވަހެވެ.

ބްރެޒިލްގެ ހާލަތަށް ބަލާލާއިރު މިހާތަނަށް 18.1 މިލިއަނަށް އަރާފައިވާއިރު 507,240 މީހަކު މިވަނީ މިބަލީގައި މަރުވެފައެވެ. އިއްޔެ އެކަނި ބްރެޒިލުން 2343 މީހަކު މިވަނީ މަރުވެފައެވެ. މުޅިދުނިޔޭގެ ރެކޯޑަށް ބަލާލާއިރު ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލުންނެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ކޮންޓްރޯލެއްނެތި ކޮވިޑް ފެތުރެމުންދާއިރުވެސް ބްރެޒިލްގެ ސަރުކާރުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތައް ނާޅާތީ ބްރެޒިލްގެ އެކި ސަރަހައްދުތަކުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ. ބްރެޒިލްގެ ރައްޔިތުން ދަނީ އެޤައުމުގެ ރައީސަށް ފާޑުކިޔަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *