Search Streamline Icon: https://streamlinehq.com

ދިއްދޫގައި ކާފިއު ވަގުތު އިތުރުކުރި ކަމެއް ނޭގޭ: އެޗް.ޕީ.އޭ

Covid

ހއ.ދިއްދޫގައި ކާފިއު ވަގުތު އިތުރުކުރި ކަމެއް ނޭގޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ދިއްދޫގައި ކާފިއު ވަގުތު އިތުރު ކުރަން ބޭނުންވެގެން އެރަށު ކައުންސިލުން އެޗްޕީއޭއަށް އަންގާފައި ނުވާ ކަމަށާއި މޮނީޓަރިންގއަށް ލުމުން 9:00 އިން 4:00 އަށް އިންނަ ކާފިއު ފިޔަވާ، ދެން އިތުރަށް ކަފިއު އިއުލާނު ކުރެވޭނީ އެޗްޕީއޭއިން އެންގުމުން ކަމަށެވެ. އަދި އެފަދަ އެންގުމެއް ދިއްދޫއަށް އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

މިދިޔަ މަހު 25 ވަނަ ދުވަހު އެޗް.ޕީ.އޭ އިން ނެރެފައިފާ އެންގުމުގައިވާ ގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަން ދެން މޮނީޓަރިންގއަށް ލާ ކޮންމެ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ޖެހޭނެ ކަމަށާއި ކާފިއު ވަގުތަށް ބަދަލު ގެންނާނީ ބަލި ފެތުރޭ މިންވަރު ބެލުމަށްފަހު އެޗްޕީއޭއިން ކަމަށެވެ.

ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އިއްޔެ ދިއްދޫ ވަނީ މޮނީޓަރިންގއަށް ލާފައެވެ. އެހެންކަމުން ކައުންސިލުން ނެރުނު އެންގުމުގައި ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:00 އިން 4:00 އަށް އެރަށުގައި ކާފިއު ހިންގާނެ ކަމަށެވެ. އެހެންކަމުން ކައުންސިލުން ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކާފިއު ހިންގަން ނިންމީ އެޗްޕީއޭގެ ހުއްދަ ނެތިއެވެ. މީގެ އިތުރަށް ރަށް މޮނީޓަރިންގއަށް ލާފައި އޮތްއިރު، ރޭ 9:00 އިން 12:00 އަށްވެސް ރަށުގައި ކާފިއު ހިންގާފައެއް ނުވެއެވެ. ކާފިއު ހިންގަން ފެށީ ރޭ 12:00 އިން ފެށިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *