Search Streamline Icon: https://streamlinehq.com

ތިނަދޫގައި ހަފްތާއަކު އެއްދުވަހު ބޭރަށް ނުކުމެވޭ ގޮތަށް ހަދައިފި

Download (1)

ގދ.ތިނަދޫގައި ހާއްސަ ހުއްދައެއް ނަގައިގެން ކޮންމެ ގެއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑިއިރަށް ބޭރަށް ނުކުމެވޭ ގޮތަށް އެރަށު އީއޯސީ އިން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނާގޮތުން ކޮވިޑް-19 ގެ މިނުރައްކާތެރި ހާލަތުގައި ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކާފިޢު ވަގުތުތަކުގައި ނޫން ވަގުތުތަކުގައިވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްޓަކައި ކޮންމެ ހައުސްހޯލްޑް އަކަށް ދެ ފާސް ދޫކުރެވިފައިވީ ނަމަވެސް، ބައްޔަށް ފައްސިވާ މީހުންގެ އަދަދު މަދުނުވާ ކަމަށެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަނީ ގިނަ ވަގުތުތަކުގައި ރަށުތެރޭގައި މީހުންގެ ޙަރަކާތްތައް އިތުރުވެފައިވާކަން ފާހަނގަކުރެވޭތީ 24 ޖޫން 2021 ގައި ބޭއްވުނު އީއޯސީގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން މިހާރު އަޅައިފައިވާ ފިޔަވަޅުތަށް އިތުރަށް ހަރުކަށިކުރުމަށްވަނީ ނިންމާފައި ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން ގޭގެޔަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް ބޭނުންކޮށްގެންވެސް ބޭރަށް ނުކުމެވޭނީ ޕޮލިސް ސްޓޭޝަނުގެ ހުއްދައާއެކީ ޕޮލިހުން ކަނޑައަޅުއްވާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ޙަފްތާއަކު އެއްދުވަހު އެއްގަޑިއިރަށެވެ.

ކައުންސިލުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކާފިއު ގަޑި ނޫން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭނީ ހަމައެކަނި ޕޮލިސް ޓައިމް ބައުންޑް ޕާރމިޓް ކަމުގައި ހަމަޖައްސަވައި އެކަން އެގޮތުގެ މަތިން ތަންފީޒު ކޮށްދެއްވުން އެދި ފުލުހުންނަށް ކައުންސިލުން ދަންނަވާފައިވާނެކަމަށެވެ.

ތިނަދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރުވެސް މިއަދު އެރަށުން 17 ކޭސް ވަނީ ފެނިފައެވ. އޭގެތެރޭގައި 1 ރޭންޑަމް ސާމްޕަލް އާއި ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކި ދެމީހުންގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގ 14 ކޭސް ވަނީ ފައްސިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *