Search Streamline Icon: https://streamlinehq.com

ދިރާގު ރޯދާ ޑޭޓާ ބަންޑަލްއިން ލިބުނު ފައިސާއިން ތެލެސީމިޔާ ސޮސައިޓީއަށް ހަދިޔާކޮށްފި

Photo6260155258055536046 1 850x548

ދިރާގު ރޯދަ ޑޭޓާ ބަންޑަލްއިން ލިބުނު ފައިސާގެ 10 އިންސައްތަ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފިއެވެ.

މިއަހަރު ރޯދަމަހާއި ފިތުރު އީދާ ދިމާކޮށް ދިރާގުން ތައާރަފްކުރި ރޯދަ ޑޭޓާ ބަންޑަން އިން ދިރާގަށް ލިބުނު ފައިސާގެ ތެރެއިން  313،2355 ރުފިޔާ މިވަނީ ތެލެސީމިޔޔާ ސޮސައިޓީއަށް ހަދިޔާކޮށްފައެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވުނު  މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވީ ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން ތެލެސީމިޔާ ސޮސައިޓީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. އަދި ޖީހާން ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ އަހަރު ރޯދަމަހުގައިވެސް ދިރާގު ރޯދަ ޑޭޓާ ބަންޑަލްއަށް ލިބުނު ފައިސާގެ %10 ދިރާގުން ވަނީ ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ފަދަ ޖަމިއްޔާތަކަށް ވަނީ ހަދިޔާކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *