މާޅޮސްމަޑުލު އުތުރުބުރި(ރ)އަތޮޅުގައި ކޮވިޑް-19 ގެ ނުރައްކައު އިތުރުވަމުން ދިއުމާއިގުޅިގެން އެއަތޮޅު ރައްޔިތުން ގެ މެދުގައި ކެއްތެރިކަމާއި ހޭލުންތެރިކުރުމުގެ ގޮތުން ’މުޞީބާތުގެ ވަޤުތުގައި“ މިނަމުގައި އެއަތޮޅުގައި ޚާއްޞަ ދަރުސެއް ދިނުމަށް ނިންމައިފިއެވެ.
ރ.އަތޮޅުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އަކީ ރ.ކައުންސިލާއި ރ. މީދޫ އުންމީދު ޖަމްޢިއްޔާ ގުޅިގެން މުޅިއަތޮޅަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް އެކެވެ.
އޮންލައިންކޮށް މިރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް އަކީ ރ.އަތޮޅުގެ 16 ކައުންސިލަކާއި 21 ޖަމިއްޔާއެއް ބައިވެރިވެގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސް އެކެވެ.
ފެންވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮންލައިންކޮށް މިރޭ 2030 ގައި ބާއްވާ މިދަރުސް ފޭސްބުކްގެ 37 ޕޭޖަކުން ލައިވްކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަރުސްގެ މަޤްޞަދަކީ ރ.އަތޮޅު ރައްޔިތުންނަށް ދިމާވެފައިވާ ކޮވިޑް-19ގެ މުސީބާތުން ސަލާމަތްވުމަށް ރ.އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި ޖަމިއްޔާތަކާއި ގުޅިގެން، މަސައްކަތްކުރުމާއި މިކަމުން މުޅި އަތޮޅު ސަލާމަތްކޮށް ނަމޫނާ އަތޮޅަކަށް ރ. އަތޮޅު ހެދުންކަމުގައި މިކަން އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވަ އެވެ.









