ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގެ ކައިރިއަށް ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން ދެމީހަކު ހައްޔަރުކޮށް ފުލުހުންނާއި ސިފައިން އެ ސަރަޙައްދުގައި ޙަރަކާތްރެރިވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މުލީއާގެ ކައިރީގައި ދެމީހަކު ގެންގުޅު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ އެސަރަހައްދުގައި ޙަރަކާތްތެރިވަމުން ކަމުގައެވެ. އަދި އެ ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.









