ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަންތަކެއް އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް މިއަދު ހެދުނު 09:52ގައި ހުށަހެޅިފައިވާ ކަމަށާއި ފުރަން ދިޔަ ފަތުރުވެރިޔެއްގެ ދަބަހުން ވަޒަންތަކެއް އަތުލައިގެންފައިވާ ކަމަށެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ދިޔަ ފަތުރުވެރިޔާގެ ދަބަހަށް ވަޒަން އައީ ކިހިނެއް ކަމާއި އެއީ ކޮން ޤައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން މިހާރު ގެންދަނީ ތަހުޤީގުކުރަމުންނެވެ.









