Search Streamline Icon: https://streamlinehq.com

ކުއްޖެއްގެ ބޯ ވަކިވިކަމަށްބުނެ ފަތުރަނީ ދޮގުޚަބަރު:އައިޖީއެމްއެޗް

227549 3 33f81ad523877ab5791b1396dc4f8f37222cb20b medium

ރޭގެ ވަގުތެއްގައި އިންދިތާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައިޖީއެމްއެޗް) ގައި ވިހެއި ކުއްޖެއްގެ ބޯ ވަކިވެފައިވާކަމަށްބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެނަކު ހާލެ ދެރަވެގެން މާލެ ގެނެސް އައި.ޖީ.އެމް.އެޗްގައި ފަރުވާދީފައިވާ ކަމަށާއި އެހެންނަމަވެސް ރޭގެ ވަގުތުގައި ދަރިފުޅު ވިއްސުމުގެ ތެރޭގައި ކުއްޖާގެ ބޯ ވަކިވިކަމަށްބުނެ މީޑިޔާގައި ފަތުރަމުންދަނީ ދޮގު ޚަބަރުކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

“ރޭގަ އައިޖީއެމްއެޗްއަށް 2 މާބަނޑު މީހުން ގެނެވުނު ވިހަން. އެކަމަކު ވިހެއި 2 ކުދިންގެ ހާލުވެސް ރަނގަޅު. ތިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވޭ” އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އދ.އަތޮޅު ހޮސްޕިޓަލުގެ ހިންގުމާއި ހަވާލުވެ ހުންނެވި ބުންޔާމީން ހަސަން ވިދާޅުވީ މާބަނޑު އަންހެން މީހާ މާލެ ފޮނުވުނީ ފިޓްޖެހިގެން ހާލު ދެރަވެގެން ކަމަށާއި ރޭގެ ވަގުތެއްގައި ދަރިފުޅު ވިހާފައި މިހާރު ދަރިފުޅުގެ ހާލު ރަނގަޅުކަން އާއިލާއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

”މިކޮޅުން އެ އަންހެން މީހާ މާލެ ފޮނުވުނީ ފިޓް ޖެހިގެން ހާލު ދެރަވެގެން. ރޭގަ ވިހެއީ. ބަނޑަށް 7 މަހުގަ އެއީ. އަންހެން މީހާގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެނަގެ ފިރިމީހާ ވަނީ ބުނެފަ. އަދި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ވަނީ ބުނެފަ” ބުންޔާމީން ވިދާޅުވިއެވެ.

މިޑިޔާތަކުގައި ބުނާގޮތުގައި އަންހެންމީހާ އަކީ ޑައިބެޓިކް ޕޭޝަންޓެއް ކަމުން ދަރިފުޅު އާދަޔާ ޚިލާފަށް ބޮޑުވުމުގެ ސަބަބުން މައިމީހާގެ ބަނޑަށް ކުއްޖާ ވަނީ މަރުވެފައެވެ. އަދި ބޯ ވަކިވުމުން ކުއްޖާގެ ހަށިގަނޑުގެ ބާކީބައި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *