Search Streamline Icon: https://streamlinehq.com

އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން: ރައީސް ނަޝީދު

Yaameen Nasheed

އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން ކަމުގައި އެމްޑީޕީގެ ރައީސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިމަހުގެ 12 ވަނަދުވަހު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމުގައެވެ. އަދި އެމަނިކުފާނު ދެކެލައްވާ ގޮތުގައި އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާ ކަމަށާއި، އެއީ އިންޑީއާ އައުޓު ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ، މިޔުޒިކް ޙަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި، އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމުގައި ވާންޖެހޭކަމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

”އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުން. އެއީ އިންޑިއާ އައުޓު ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކް ޙަރާމް ނުކުރާ، ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ، އިއްތިހާދެއް.“ ރައީސް ނަޝީދުގެ ޓްވީޓް ގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ގިިނަ މީހުން ތިބޭނީ އެގޮތުގައި ކަމުގައެވެ. އަދި ރާއްޖެ އަފްޣާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވިދާޅުވެ ޓްވީޓް ކުރައްވާފައިވާ އިރު ،ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އާ ޚިޔާލު ތަފާތުވެ ޕީޕީއެމް އަދި ރައީސް ޔާމީންއާ އެއްގަލަކަށް އަރަން ބޭނުންވާ މޭރުމަކުންވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވަޓަސްއެޕް ގްރޫޕަކަށް މެސެޖް ތަކެއް ފޮނުއްވާފައެވެ.

އެމްޑީޕީގެ ވަޓަސްއަޕް ގުރޫޕްތަކުގައި ދައުރުވަމުން ދިޔަ އެ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ފިކުރުގެ ވިސްނުން އެބަ އުޅޭ ކަމުގައެވެ.

”އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް. ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން.“ ރައީސް މުޙާއްމަދު ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި