Search Streamline Icon: https://streamlinehq.com

އެސް.ޓީ.އޯ އިން ވިއްކަމުންދާ ޑީސަލް އަދި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

Images

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ވިއްކަމުންދާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސް.ޓީ.އޯއިން ވިއްކަމުންދާ ޑީސަލް އަދި ޕެޓްރޯލުގެ އަގު ބޮޑުކުރުމާއި ގުޅިގެން މިއަދުން ފެށިގެން ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 10.95 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 10.72 ރުފިޔާއެވެ.

އެސް.ޓީ.އޯ އިން ވިދާޅުވާ ގޮތުގައި ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ.

މިއަހަރު މާރޗް މަހުގައިވެސް މިކުންފުނިން ވިއްކާ ތެލުގެ އަގަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަލާލާއިރު މީގެކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.97 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.85 ރުފިޔާއަށެވެ.

އެންމެ ފަހުން މިދިޔަ ޖޫންމަހު ތެލަށް ގެނައި ބަދަލާއެކު އެސްޓީއޯގެ ޝެޑްތަކުން ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10.72 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 9.94 ރުފިޔާއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *