ގްރިޑް އެނާޖައިޒް މަސައްކަތް ކުރިޔަށް ގެންދާތީ، ކުރިޔަށް އޮތް ހަތަރު ދުވަހު މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާނެކަމަށް ސްޓެލްކޯއިން އަންގައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވާގޮތުގައި މިމަހު 22 ވަނަ ދުވަހާ ހަމަޔަށް ގްރިޑް އެނާޖައިޒްގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށާއި މިގަޑިތަކުގައި މާލަ ސަރަހައްދުން ކަރަންޓު ކެނޑޭނެކަމަށް ވަނީ އަންގާފައެވެ.
އެހެންނަމަވެސް މިމަހުގެ 20 ވަނަ ދުވަހަކީ މިއަހަރުގެ އަޟުހާ އީދުދުވަސް ކަމަށްވާތީ އެދުވަހު މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދިނެވެ.
މިމަސައްކަތް ކުރިއަށް ގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށްވާތީ އެ ވަގުތުތަކުގައި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި މާދަމާ މާލޭގެ އިންޖީނުގެއާ ގްރިޑް ސިންކޮރޮނައިޒް ކުރާން ހަމަޖެހިފައިވާތީ އެގަޑިތަކުގައިވެސް ކަރަންޓުގެ ޚިދުމަތަށް ބުރޫއަރާނެއެވެ. މީގެ އިތުރުން އަންނަ ބުދަ ދުވަހު ހެނދުނު 8:00 އިން 5:00 ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ތާވަލު ކޮށްފައިވާއިރު ވެރިރަށް މާލެއާއި ހުޅުމާލެއިން ވެސް ކަރަންޓު ކެނޑިގެންދާނެ ކަމަށް ވަނީ އަންގާފައެވެ.
ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަނުގައި މާލެ އާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާނެއެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.









