Search Streamline Icon: https://streamlinehq.com

ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލިފައިވާތީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފި

Download (1)

ސަރުކާރުގެ ކްރެޑިބިލިޓީ މިހާރު ގެއްލިފައިވާކަމަށްބުނެ އަވަސް އިންތިހާބެއް ބޭއްވުމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  ރައީސް ނަޝީދުގެ އިތުބާރު ރައީސް ސޯލިހުގެ ސަރުކާރަށް ގެއްލުމުން ރާއްޖޭގެ ސަރުކާރުގެ ކްރެޑިބިލިޓީ އެހިސާބުން ގެއްލުނީ ކަމަށާއި ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލިފައިވާކަމަށެވެ. އަދި މިކަމުގެ ހައްލަކީ އަވަސް އިންތިހާބެއް ބޭއްވުން ކަމަށް މަލީހުވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ސަރުކާރާ ދެކޮޅަށް ފާޑުކިޔުންތައް އަމާޒުކުރަންފެށީ ނަފްރަތުގެ ބިލާމެދު ސަރުކާރުން އަމަލުކުރި ގޮތުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އަދާލަތު ޕާޓީއަށް ދީގެން ނުވާނެކަމަށް ބުނެ ނަޝީދުވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް އެމްޑީޕީގެ ކޯލިޝަނެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *