Search Streamline Icon: https://streamlinehq.com

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

Big aWfliNXYo1odtCA

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ އިތުރުން އާންމު ފަރާތްތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި:

  • ޖުލައި 15 ވަނަ ދުވަހު ވިލިމާލެ ފެރީ ޓަރމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 492259ޖުލައި 17 ވަނަ ދުވަހު ނޯތުހާބަރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަ ކާޓޫނު ކެމަލް ލައިޓު ސިގެރެޓު. އިންސިޑެންޓް ނަންބަރ 492384
  • ޖުލައި 18 ވަނަ ދުވަހު ބާޒާރުމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ 8އޭ ބްރޭޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 492469
  • ޖުލައި 18 ވަނަ ދުވަހު، އައިޖީއެމް ހޮސްޕިޓަލު ލެބޯޓްރީ އަށް އަރާންސިޑިމަތިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިއެއް. އިންސިޑެންޓް ނަންބަރ 492506
  • ޖުލައި 20 ވަނަ ދުވަހު ސެވަންއެންޑްހައުސް ގޭ ސިޑިދަށުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 މޯބައިލް ފޯނު (އައިފޯނު 6 ޕްލަސް، އޮއްޕޯ، އެމްއައި) ހިމެނެއެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *