Search Streamline Icon: https://streamlinehq.com

ރައީސް ނަޝީދަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި މީހާ ހައްޔަރުކޮށްފި

1544694662

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރި މީހާ ކަމަށް ތުހުމަތުކޮށް މިއަދު އައްޑޫ ސިޓީން ހައްޔަރުކޮށްފައިވަނީ މުހައްމަދު ތަސްލީމް ނަމަކަށް ކިޔާ މީހެކެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މުހައްމަދު ތަސްލީމް ހައްޔަރުކުރެވުނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.

2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ތަސްލީމް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ފަހުން އެމައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ.

ސީޕީ ހަމީދު ވިދާޅުވިގޮތުގައި މިހަމަލާގައި ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ހުންނެވީ ޖާނުން ފިދާވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތައްޔާރަށް ކަމަށާއި ހައެއް މެއިގައި ނަޝީދަށް ދިން ހަމަލާގައި މިގޮތަށް ހަމަލާދޭން އުޅުނު ތިން ވަނަ ފަހަރު ކަމަށެވެ. އަދި އެމީހުން 2019 ވަނަ އަހަރުން ފެށިގެން ރޭވުންތައް ރޭވުމަށްފަހު އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގައި ކަމަށް ސީޕީ ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކުރެވުނު ބައެއްމީހުން ވަނީ ބޮންގޮއްވާލި ކަމަށް އިއުތިރާފްވެފައިކަމަށާއި އެމީހުން ދައުލަތަކާއިއެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

އެއީ ވ. ތިނަދޫ ހިޔާގެ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ދިރިއުޅުއްވަމުން ގެންދެވި ޔާގޫތުގެ ކައިރީ އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ގޮއްވާލަން ހަތަރު ދުވަހެއްގެ މަތިން މަސައްކަތް ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *