ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. އެގޮތުން މިއަދު އެކަނިވެސް 10 މީހަކު ވަނީ ނިޔާވެފައެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ މިއަދުއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ރޭ މެންދަމު 2:02 ގައި އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު،
ރޭ ފަތިހު 3:18 ގައި 77 އަހަރުގެ މީހެއް، ފަތިހު 4:25 ގައި އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު،
ހެނދުނު 6:55 ގައި އުމުރުން 93 އަހަރު ދިވެހި ފިރިހެނަކު،
ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު،
ހެނދުނު 11:05 ގައި ޅ. ހިންނަވަރު ހެލްތް ސެންޓަރުގައި ފަރުވާ ދެމުން އައި އުމުރުން 87 އަހަރުގެ މީހެއް،
މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކު،
މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކު،
އިރުއޮއްސި 6:48 ގައި އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު،
ދިހަ ވަނަ މަރު މިރޭ 1:53 ގައި އުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނަކު ވަނީ ނިޔާވެފައެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 139އަށް އަރާފައެވެ.









