Search Streamline Icon: https://streamlinehq.com

ކުށްވެރިންގެ ފައިގައި އަޅުވާ ޓެގް ރާއްޖެއިން ހުސްވެއްޖެ

L

ކުއްވެރިންގެ ފައިގައި އަޅުވާ ”މޮނިކޮން ޓެގް“ ރާއްޖެއިން ހުސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުޤައްރިރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ކުށްވެރިންގެ ފައިގައި އަޅުވާ ޓެގް ހުސްވެފައިވާކަމަށް މީގެ ކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ފުލުހުންވެސް ވިދާޅުވެފައިވާކަމަށް ހަސަން އަފީފް ވަނީ ވިދާޅުވެފައެވެ.

ހަސަން އަފީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

”އާދެ މި މޮނިކޮން ޓެގް ސްޓޮކެއް ނެތްކަމަށް ވަނީ. މީގެ ކުރީގައި އަޅުގަނޑުމެން ހޯމް މިނިސްޓަރ އާ ބައްދަލުކުރި އިރުވެސް ނެތް ކަމަށްވަނީ. ފުލުހުންވެސް ވިދާޅުވީ ނެތްކަމަށް އެހެންނަމަވެސް އެބޭފުޅުން މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނިޓަރ ކުރަން އެބަ ސަވައިލެންސް ކުރިއަށް ގެންދަން ކަމަށް ވިދާޅުވި. ދެން މިހާރު މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތް ކުރިއަން ގެންދަވަނީ“ އަފީޕް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި 100 އެއްހާ މޮނިކޮން ޓެގް ބޭނުންވާ ކަމަށާއި އެކަމަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިޚަރަދަކީ ބަޖެޓުގައި ހިމެނިފައިވާ ޚަރަދަކަށްނުވާތީ މިޓެގްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންނަމަވެސް ބަޖެޓްގެ ބޭރުން ޚަރަދުކޮށްގެން ނަމަވެސް މިޓެގްތައް ހޯދުމުގައި ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމެއް ފުލުހުންނަށް ފޯރުކޮށްދެއްވުމަށްއެދި އަފީފްވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މޮނިކޮން ޓެގު ބޭނުންކުރަން ފެށީ ރައީސް ޔާމީނުގެ ސަރުކާރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *