Search Streamline Icon: https://streamlinehq.com

ބޭރުމީހުން ހުންގާނަށް ފައިބަން ފުރުޞަތުދިނީ ސީދާ އިބޫ ޞާލިޙް: ޑރ.ޖަމީލް

Dr.Jameel

ބޭރުމީހުން ހުންގާނަށްފައިބަން ފުރުޞަތުދިނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުމުންކަމް މިއަދު އެނގިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެންވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓް އެއްގައެވެ.

ޑރ. ޖަމީލް މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައި މިވަނީ ދާދި ފަހުން ބޭއްވި ނޫށްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކުގައި ކަމަށާއި، މަޖިލީހުގެ މެޖީރިޓީ ދަމަހައްޓަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

”އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން، އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި.“ ރައީސް ސޯލިހް ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ މެސެޖުގައި އިތުރު ކަންކަމަށްވެސް ވަނީ އަލި އަޅުވައި ލައްފާއެވެ. އެގޮތުން ޤައުމު ދަރަނިވެރިކޮށްފައި ވާކަމަށާއި، މިސްރާބު އޮޅި ބޭރުބައެއްގެ އަތްމައްޗށް ރާއްޖެ ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތްކަމަށްވެސް އެމަނިކުފާނުވަނީ އިޝާރާތް ކުރައްވާފައި ވެއެވެ. އަދި  ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއަށް، ޙަޤީޤީ އެމްޑީޕީއަށްވެސް މި ލިބުނީ ކެހިވެރި މިތުރެއްކަމަށްވެސް ޑރ. ވަނީ ވިދާޅުވެފައެވެ.  އަދި މި ވެރިކަން ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެކަންވެސް ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

”ޤައުމް ދަރަނިވެރިކޮށް، މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުޞަތު ދިނީ ސީދާ އިބޫ ޞާލިޙް ގެ ވިސްނުމުންކަން މިއަދު އެނގިއްޖެ. އަދި މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ. ޙަގީގީ އެމްޑީޕީއަށްވެސް މިލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފުވެއްޖެ.“ ޑރ. ޖަމީލްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ރާއްޖޭގެ ވެރިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައެވެ. އަދި 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގައި ވެރިކަން ކޮށްފައިވަނީ އެ އުނދަގޫތަކާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި ވެސް އެ ދަތިތަކާ ކުރިމަތިވެފައިވާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި