Search Streamline Icon: https://streamlinehq.com

ކަނޑުމަހުގެ ބާވަތްތަކުގައި ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައި ވިއްކާތީ ސަމާލުވާން އަންގައިފި

4CB7C9E100000578 5781065 When the process is complete the bright pink cuts are placed int a 4

ރާއްޖޭގައި ވިއްކަމުންދާ ކަނޑުމަހުގެ ބާވަތްތަކުގައި ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބާވަތްތަކުގައި ރަތްކުލަ ހިފެހެއްޓުމަށްތަކައި އޭގައި ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައި ލޭބަލްތަކުގައި އެމައުލޫމާތު ނުހިމަނާ ވިއްކަމުންދާކަމަށާއި އެއޮތޯރިޓީން ނެގި ސާމްޕަލްއަކުން އެކަން ޔަޤީންކޮށްފައިވާ ކަމަށެވެ.

ކަނޑުމަހުގެ ބާވަތްތަކުގައި ކާބަންމޮނޮކްސައިޑް ޓްރީޓް ކުރުމުން މަހުގެ ތާޒާކަން ކެނޑިގެން ދިޔަނަމަވެސް މަހުގައި ހުންނާނީ ތާޒާ މަހުގައި ހުންނަ ރަތްކުލައެވެ. އޭގެ ސަބަބުން މަސް ގަންނަ މީހުންނަށް ތާޒާ މަސް ވަކިކުރަން އުދަގޫވާކަން އެއޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

އަދި މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބާ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތީރިޓީއިން ވަނީ އެދިފައިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *