Search Streamline Icon: https://streamlinehq.com

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

231732 3 8c3ca2f7f222c69b032e247d11778b8ca665afd7 medium

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އޯގަސްޓު 23 ވަނަ ދުވަހު މައްޗަންގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ވަޑާމުގެ ސާމާނުތަކެއް. އިންސިޑެންޓް ނަންބަރ 495828

އޯގަސްޓު 23 ވަނަ ދުވަހު ހަވީރީހިނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ 10 ފޮށި ހޮޅިބިޑި، ހަތަރު ކޭސް ޖޫސްޕެކެޓު. އިންސިޑެންޓް ނަންބަރ 495835

އޯގަސްޓު 23 ވަނަ ދުވަހު ޖަވާހިރުގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބެޓެރި ބުރުމާއެއް، ގްލާސް ސަކްޝަން ލިފްޓަރެއް. އިންސިޑެންޓް ނަންބަރ 495832

އޯގަސްޓު 26 ވަނަ ދުވަހު ވަދުފޮށި ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ސޮކެޓު ފޮއްޓެއް. އިންސިޑެންޓް ނަންބަރ 496202

އޯގަސްޓު 26 ވަނަ ދުވަހު ޖޯޝީހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ދެ ދަގަނޑު ޖެކް. އިންސިޑެންޓް ނަންބަރ 496165

އޯގަސްޓު 28 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ކީހެއް. އިންސިޑެންޓް ނަންބަރ 496373

އޯގަސްޓު 28 ވަނަ ދުވަހު ގަލޮޅު ގެއެއްގެ ސިޑިދަށުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 496383

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްފާ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *