ވަރަށް އަވަހަށް ރާއްޖޭގައި ބޮމެއް ގޮއްވާލާނެ ކަމަށާއި، ދިވެހި ޤައުމު ސުންނާފަތި ކޮށްލާނެ ކަމަށް ބު އިންޒާރުދީފި އެވެ.
ފުލުހުން ވިދާޅުވީ ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރުދީ، ލިޔުމެއް ލިޔެފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމުގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ ލިޔުމެއްގައި މިތަނުގައި ގަދަވާނީ ބަންގާޅީން ކަމަށާއި، އަހަރެމެން ބޭނުންގޮތެއް ހަދާނެކަމަށް ބުނެ ލިޔެފައިވާ ލިއުމެކެވެ. މިލިއުމުގއި އިތިރަށް ބުނެފައިވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެ ކަމަށާއި ދިވެހި ޤައުމު ސުންނާފަތި ކޮށްލާނެ ކަމުގަ އެވެ.
ދިވެހިބަހުން ލިޔެފައިވާ އިންޒާރުގެ މިލިއުމުގައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލައި، ”ދިވެހި ގައުމު ސުންނާފަތިކޮށްލާނަން“ ކަމަށްވެސް ބުނެފައެވެ.









