Search Streamline Icon: https://streamlinehq.com

މަސްވެރިން ބާނާ މަހަށް ދާދި އަވަހަަށް ބޮޑުއަގެއް ލިބޭނެ: އަމްރު

Amru sto fenvaru

މަސްވެރިންނަށް ބާނާ މަހަށް ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ބޮޑު އަގެއް ދެވޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޢަމްރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވައި ކެމްޕެއިން ކުރެއްވުމަށް ގދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ގދ. ތިނަދޫއަށް ވަޑައިގެން ތިނަދޫގައި އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރެއްމަށް ބޭއްވި ރަސްމިއްޔާތުގަި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ ދާއި އަވަހަށް މަސްވެރިން ބާނާ މަހަށް ބޮޑު އަގެއް ދެވޭނެ ކަމުގަ އެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމުގެ މަޤާމަށް އަމްރު ވަނީ އިންތިޚާބު ކޮށްފައެވެ.

އަމްރު މި މަޤާމަށް އިންތިޚާބުވެފައިވަނީ އެ މަޤާމަށް ކުރިމަތި ލެއްވި ތައުފީގު އަބްދުﷲ ބޮޑު ތަފާތަކުން ބަލިކުރެއްވުމަށްފަހުގަ އެވެ.

ތިނަދޫގައި ދެއްކެވި ވާހަކަފުޅުގައި އަމްރު ވިދާޅުވީ މިފްކޯގެ ކަންކަން ރަނގަޅުކޮށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރައްވަމުން ގެންދަވާކަމުގަ އެވެ. އަދި މިފްކޯގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް އަމްރު ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީންކަން އެބައޮތް މަސްވެރިން ބާނާ މަހަށް ބޮޑުއަގު އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ލިބިގެން ދާނެކަމަށް. އެ ޔަޤީންކަން މިހާރ ކުރެވޭ މަސައްކަތުގެ ތެރެއިުން އެބައޮތް“ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޢަމްރު ވިދާޅުވި އެވެ.

މިފްކޯގެ ހާލަތު ގޯސްވެ ކުންފުނި ދަރަނިވެރި ވުމުގެ ސަބަބުން މިފްކޯ ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.

އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބް އަމްރު ވަނީ ކާމިޔާވެސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *