އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން ގެ ހަށިގަނޑު މިއަދު މާލެ ގެންނާނެކަމަށް މޯލްޑިވެސް ޑިފެންސްފޯސް( އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުއްލި ގޮތަކަށް ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު މިއަދުގެ 13:00 ހާއިރު، މާލެ ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
އެމްއެންޑީއެފުން އިތުރަށްބުނީ ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން ގެ ހަށިގަނޑު އެއާޕޯޓުން ގެންދާނީ އާސަހަރާއަށްކަމަށާ، ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދާނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.
އިންޑިއާގެ ޕޫނޭގައި ތަމްރީން ތަކެއް ފުރިހަމަ ކުރަމުންދަނިކޮށް އއ. ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން ކުއްލި ގޮަތަކަށް ނިޔާވެފައިވަނީ ހޮނިހިރު ދުވަހުއެވެ.
ލާންސް ކޯޕްރަލް މުޙައްމަދު ށުލްތާން ދިވެހި ސިފައިންގެ ހިދުމަތާއި ގުޅިފައިވަނީ 2018 އޭޕްރީލް 8 ވަނަ ދުވަހުއެވެ. އަދި ނިޔާވި އިރު ފުރިހަމަ ކުރަމުންދިޔައީ 2021 މާޗް 1 ން 2024 މާޗް 15 ށް އިންޑިއާ ނެޝަނަލް ޑިފެންސް އެކަޑެމީގައި ކުރިޔަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.









