Search Streamline Icon: https://streamlinehq.com

މި މަސައްކަތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ: ނިޔާޒް

Ooredoo

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ރާއްޖޭޣައި މުވާސަލާތީ ޚިދުމަތްދެއްވާ ދެ ކުންފުނީގެ ތެރެއިން ފުޅާ ދާއިރާއެއްގައި ކުރިއަރާފައިވާ އުރީދޫ މޯލްޑިވްސްއިން ޕަރޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެސްއާރްގެ ދަށުން ޤާއިމްކުރައްވާފައިވާ ޕާޓްނަރޝިޕްގެ މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމެވެ.

”މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ޙައްޤުތަކަށް މި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާރޓްނަރ ގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ. ކުރިއަށް އޮތް ތަނުގައި މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއި އެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއި އެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އަޅުގަނޑުމެންގެ އުއްމީދު“ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒު ވިދާޅުވި އެވެ.

މި ޝަން ފޮ މައިގްރަންޓް ވޯކާރސްގެ ކޯ ފައުންޑަރ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދު ވިދާޅުވީ ޑީޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި އުރީފަދަ ކުންފުންޏަކުން ގުޅިވަޑައިގަތުމަކީ އެބޭފުޅުންނަށް ލިބިގެން ދިޔަ ވަރަށްބޮޑޫ ހިއްވަރެއްކަމުގައެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދައިދިނުމަށް މިކުރާ މަސައްކަތް މިއެއްބަސްވުމާއިއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ތެރިކަން ފޯރުކޮށްދެވިގެން ދާނެކަމަށް ވެސް މިނާހް ވިދާޅުވި އެވެ.

”އުރީދޫ މޯލްޑިވްސް ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ގުޅިވަޑައިގަތުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް މި ކުރާ މަސައްކަތް މި ޕަރޓްނަރޝިޕާއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެކަމީ ޔަގީންކަމެއް.” މި ޝަން ފޮ މައިގްރަންޓް ވޯކާރސްގެ ކޯ ފައުންޑަރ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސްއިން ވަނީ މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއިއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފައެވެ. މި އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައިވެ އެވެ.

މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓަރ ކުރެވިފައިވާ ފުރަތަމަ އެންޖީއޯ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި