Search Streamline Icon: https://streamlinehq.com

ކަނޑުމަތީގެ ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލިއްޖެ

Moosum mndf

ލޯންޗެއް ބަންޑުންޖަހާލާ އޭގެން ދަތުރުކުރި ކުޑަކުއްޖަކު ގެއްލިއްޖެއެވެ.

އެމްއެންޑިއެފުންބުނީ އޮޅުވެލި ރިސޯޓް ކައިރިން ލޯންޗެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ލޯންޗުގައި ތިބި12 މީހުންގެ ތެރޭގައި ކުޑަ 2 ކުއްޖަކުވެސް ހިމެނޭކަމަށާ، އެތަނުން އެއް ކުއްޖަކު އަދިވެސް ނުފެންނަކަމަށެވެ.

އެމްއެންޑީއެފުންބުނީ މިއަދު ހަވީރު ލޯންޗު ރާޅަކާ ޖެހި ހިނގި ހާދިސާގައި ކަނޑަށް 3 މީހަކު ވެއްޓުނުކަމަށެވެ. އެއީ ކުޑަ ދެކުދީންނާއި އެކުދިންގެ މަންމަ އެވެ. އޭގެތެރެއިން އެއްކުއްޖަކު އަދިވެސް ފެނިފައި ނުވާކަމަށެވެ.

އެމްއެންޑިއެފުން އިތުރަށްބުނީ ގެއްލިފައިވާ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *