Search Streamline Icon: https://streamlinehq.com

”ދަންދާނަ ބާޒާރު“ އެއްތަނަކުން ތަފާތު ކާބޯތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތު!

Download

ށ. ފުނަދޫގައި ”ދަންދާނަ ބާޒާރު“ ގެ ނަމުގައި ބާޒާރެއް މާދަމާ ފަށަން ނިންމައިފިއެވެ.

ދަންދާނަ ބާޒާރަކީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ ބާޒާރެކެވެ.

ބާޒާރާއި ގުޅޭ ގޮތުން ފުނަދޫގެ އަންހެނުންގެ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ ދަންދާނަ ބާޒާރަކީ ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ބާޒާރެއްކަަމެށެވެ. މާދަމާ ފަށާ މި ބާޒާރުގައި ފުނަދޫގެ އަންހެންވެރިން ތައްޔާރުކުރާ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވަނީ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބާޒާރު ފަށާތީކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ފުނަދޫގެ އަންހެނުން ތައްޔާރުކުރާ ހުރިހާ ބާވަތެއްގެ ތަކެތިވެސް ވިއްކޭނެކަމަށެވެ.

“ ފުނަދޫ ގެ އަންހެންވެރިން ނަކީ ގޭގައި ތިބެގެން އާންމުދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއް. މި ބާޒާރު ބޭވުމުގެ މަގުސަދަކީ އެ މީހުން އުފައްދާ ތަކެތި ވިއްކޭނެ މާކެޓެއް ހޯދައިދިނުމުގެ އިތުރުން އިޖްތިމާއީ ގުޅުން ބަދަހި ކުރުން. މި ބާޒާރުން ލިބޭ ތަރުހީބަށް ބަލާފައި، ކުރިޔަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް ބާޒާރު ބޭވުމަށް އަޅުގަނޑުމެން ނިންމާފައޮތީ“ :ފުނަދޫގެ އ.ތ.މ ކޮމެޓީގެ ރައީސާ

މާދަމާ ބާޒާރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ން ހަވީރު 5:30 ހަމައަށެވެ. މި ބާޒާރުގެ މޭޒުތައް ވިއްކާފައިވަނީ -/25 އާއި -/15 ރުފިޔާއަށްވެ.

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ބުނީ މާދަމާގެ ބާޒާރުގައި ފުނަދޫ އަންހެންވެރިން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބެން ހުންނާނެކަމަށެވެ. އަދި ވިއްކާތަކެތިން އެއްވެސް ޕަސަންޓެއް ކޮމެޓީން ނުނަގާނެކަމަށްވެސް ވަނީ ބުނެފައެވެ.

ތަފާތު ބާވަތްބާވަތުގެ ކާބޯތަކެތި އެއްތަނަކުން ގަނެ ރަހަ ބަލާލުމުގެ ފުރުސަތު މާދަމާ ފުނަދޫގައި އޮންނަ ”ދަންދާނަ“ ބާޒާރުން ލިބޭނެކަމަށް އަންހެނުންގެ ކޮމެޓީން ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *