Search Streamline Icon: https://streamlinehq.com

ދިވެހި ފުލުހުން ފުންހިތާމައިގަ

Nadheem

ފުލުހުންގެ އޮފިސަރެއް އިއްޔެ ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން މުޅި މުއައްސަސާ އޮތީ ފުންހިތާމައެއްގައި ކަމަށް ބުނެފިއެވެ.

ޗީފް އިންސްޕެކްޓަރު އިސްމާއީލް ނަދީމް (37އ) އަވަހާރަވީ ފުޓްބޯޅަ ކުޅެން ދަނޑުމަތީގައި ހުއްޓައެވެ.

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

 ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޗީފް އިންސްޕެކްޓަރު އިސްމާއީލް ނަދީމް އަކީ ޚުލްގު ހެޔޮ އެކުވެރި، ޤާބިލް ބޭފުޅެއްކަމުގައެވެ.

https://mobile.twitter.com/M_Hameedh/status/1452318618797191174

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ވަކިވެގެންދިޔައީ ހަރުދަނާ ޤާބިލު ލީޑަރެއްކަމަށެވެ.

”ކުއްލިގޮތަކަށް އަޅުގަނޑުމެންނާ ވަކިވެގެން އެދިޔަކީ ހަރުދަނާ ލީޑަރެއް. ޤާބިލް އޮފިސަރެއް. ނަމޫނާ ކޮމާންޑަރެއް. މިއަހަރުގެ ސެޕްޓެމްބަރު މަހު ނ.އަތޮޅަށް ކުރި ދަތުރުގެ ތެރެއިންވެސް ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމްގެ މިދެންނެވި ސިފަތައް ފާހަގަރެވުނު“ :ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ބ. ހިތާދޫއަށް ނިސްބަތްވެ ވަޑައިނަވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް މެދުނުކެނޑި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚިދުމަތް ކުރައްވާފައިވެއެވެ. ނިޔާވި އިރު ހުންނެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އެއްގެ މަޤާމުގައެވެ. ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ 2، މިނިވަން ފަންސާހުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *