އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސް ނަރުހެއް ދަންޖެހި މަރުވި ކަމަށް ބުނިނަމަވެސް ދަންޖެހިފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ބުނެ މައްސަލައިގެ ތަހުޤީގު ފަށައިފިއެވެ.
މިދިޔަ ހުކުރުދުވަހު އަމިއްލަޔަށް ދަންޖެހި މަރުވި ކަމަށް ބުނި ނަރުސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާއިރު އޭނަގެ ފިރިމީހާ ވަނީ ބުނަމުންދަނީ އޭނަ މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. އެހެންނަމަވެސް މިމައްސަލައިގައި ޝައްކުކުރެވެނީ ދަންޖެހުނުކަމުގެ ނިޝާން ހަށިގަނޑުގައި ނެތުމުންނާއި ޝައްކުވާ ވަރަށް ގިނަ ސަބަބުތައް ހުރުމުންނެވެ. އޭގެތެރޭގައި ފުލުހުން އެތަނަށް ދިޔުމުގެ ކުރިން ސީން ރޫޅާލުމަށްފަހު އެއަންހެން މިހާގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންދިޔުން ހިމެނެއެވެ.
މަރުވި ފިލިޕީންސްގެ އަންހެންކުއްޖާ ދިރިއުޅެމުން ދަނީ އެޏަގެ ފިރިމީހާ އާއި ދަރިފުޅާ އެކުގައެވެ. ފިރިމީހާއަކީވެސް ނަރުހެކެވެ.









