ލ.ގަމުގައި ފުލުހުންގެ ވެހިކަލެއް ފުރޮޅާލާ އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. މަންޒަރުދުށް މީހަކު ބުނާގޮތުގައި ފުލުހުންގެ ވެހިކަލް ދުއްވަމުން އައީ ބާރު ސްޕީޑެއްގައި ކަމަށާއި ވެހިކަލް ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ފުލުހުންގެ ވެހިކަލް ފޮރޮޅާލީ ކަމަށެވެ.
🚨#Breaking: L. Gamugai baaru speed ga dhuvvafai dhiya fuluhunge vehicle eh furolhaalai accident eh hingaifi
— #MvCrisis (@MvCrisis) October 27, 2021
Ithuru mauloomaathu: https://t.co/79FHZRnVbK pic.twitter.com/Gno0LhqAUZ
މިއެކްސިޑެންޓް ހިނގާ ދިޔައިރު ވެހިކަލުގައި ދުއްވަން އިން ފުލުސް މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވެއެވެ.









