ހއ.އުތީމުން 500 އަހަރުވީ އާސާރީ ފެންވަޅެއް މިއަދު ފެނިއްޖެއެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެފެންވަޅަކީ އުތީމު ގަނޑުވަރަށް ވީހާ ދުވަސް ވެފައިވާ ވަޅެއް ކަމަށް ބެލެވޭ ކަމަށާއި އުތީމު ގަނޑުވަރަށް މިހާރު 500 އަހަރު ވެދާނެ ކަމަށެވެ.
ފެންވަޅު ފެނުނު ހިސާބަކީ އެރަށުގެ މީހުން ވަރަށް މަދުން ގޮސް އުޅޭ ހިސާބެއް ކަމަށާއި ކުރީ ޒަމާނުގައި އުތީމު ބޮޑުތަކުރުފާނު ދޫނި ހިފަން އެރަށް ހުޅަނގު ފަރާތު ތުނޑި ވަޑައިގަންނަވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ފެންވަޅު ފެނިފައިވަނީ އުތީމުގެ ހުޅަނގު ފަރާތު ތުނޑި ވަރަށް ބޮޑަށް ގިރާފައިފައިވާ ސަރަހައްދުންނެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އުތީމަކީ އާސާރީ ކަންތައްތަކުން ފުރިގެންވާ ރަށެއް ކަމަށާއި ހެރިޓޭޖް މިނިސްޓްރީގެ ލަފާގެ މަތިން އެފެންވަޅު ދިގު މުއްދަތަކަށް ރައްކާތެރި ކުރުމުގެ ގޮތުން ރަށުގެ އެހެން ހިސާބަކަށް ބަދލުކުރުމުގެ މަސައްކަތް ފަށާފައިވާ ކމަށެވެ.









