ރޯގާޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި 6 ކުޑަކުދިންނަށް ފަރުވާ ދެމުން ގެންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޯގާ ކުޑަކުދިންނަށް ޖެހޭ މިންވަރު ގިނަ ކަމަށާއި މިހާރުވެސް 6 ކުދިން އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އިތުރު ބައްޔެއް ހުންނަނަމަ މިރޯގާ ބޮޑުވަރުވާ ކަމަށާއި ހާއްސަކޮށް ކުޑަކުދިން ގެންގުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އަތްދޮވެ، މާސްކު އަޅާއި ކުޑަކުދިން ”އުރާލަން“ ބައިހަދާގެން ނުދިއުމުގެ އިތުރުން މީހުން އެއްވާތަންތަނަށް ނުދިއުމަށް ފައިސަލްވަނީ އެދިފައެވެ.
6 ކުދިން ICU ގައި
— Ahmed Faisal (@Faisalnaifaru) October 28, 2021
ރޯގާ އަދިވެސް މަދެއްނުވޭ
ތުއްތު 👶ނާ އެހެނިހެން ބަލިތައް ހުންނަނަމަ ބޮޑުވަރުވޭ
ރައްކާތެރިވެވެންހުރި ކަންތައްތަކަށް ސަމާލުވެލައްވާ
ގެއަށް ރޯގާ ގެންނައުން މަދުކުރަމާ
އަތްދޮވުން، 😷، 👶 އުރާލަން ބައިހަދާފައި ނުދިއުން، މީހުން އެއްވާތަންތަނަށް ނުދިއުން
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ފްލޫކްލިނިކަށް ދިޔުމަށާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް-19ގެ އިތުރުން އިންފުލުއެންޒާ ޖހޭ އަދަދު ގިނަ ދުވަސްވަރެކެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ މިރޯގާއަށް ސަމާލުވުމަށް އަންގާފައެވެ. އަދި ހައިރިސްކު މީހުންނާއި އުމުރުން ދުވަސްވީ މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.









