Search Streamline Icon: https://streamlinehq.com

ބިއްލޫރި ކުޑަދޮރެއް ވެއްޓި މީހަކަށް އަނިިޔާވެއްޖެ

316224 3 a6d1abc5ece38b216e1a754b2959019b084ee527 large

މާލޭގެ ބަރޯސާ ގޯޅީގައި ހުރި އިމާރާތެއްގެ ފަސްވަނަ ބުރިން ސްލައިޑްކުރާ ކުޑަދޮރެއް ވެއްޓި މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއަދު  މެންދުރު ގެއެއްގެ ފަސްވަނަ ބުރިން ކުޑަދޮރެއް ވެއްޓި ބިދޭސީ ފިރިހެނަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުގައި ބިއްލޫރި ކުޑަދޮރެއް ވެއްޓި އެމީހާގެ ބުރަކަށި ކަފައިގެން ގޮސް، ވަރަށް ބޮޑަށް އޭނާ ޒަޚަމްވި ކަމަށާއި އެ މީހާގެ ބުރަކަށިން ތިނެއް ނުވަތަ ހަތަރު އިންޗި ވަރު ތަނެއް ފުންކޮށް ކަފައިގެން ދިޔަކަމަށެވެ. އަދި ކަފައިގެން ދިޔަތަން ފުންކަމުން ލޭ މަނާކުރަންވެސް ދަތިވިކަމަށެވެ. އަދި އެއީ މީހުން ނޫޅޭ ފަންގިފިލާއެއް ކަމުން ކުޑަދޮރު ވެއްޓުނު ސަބަބެއް އެނގިފައެއް ނެތެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *