Search Streamline Icon: https://streamlinehq.com

ސިވިލް ސާވަންޓުން ނަށް ފިޔަވަޅު އެޅުމަށް ނިންމީ ކުރީ ސަރުކާރުން

Civil service commision

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކި ކުރެވޭނެގޮތަށް ގާނޫނަށް ބަދަލުގެނެސްފައިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ސިވިލް ސާވިސްގެ ޤަވައިދު އިސްލާހުކޮށް ގެޒެޓް ކުރިއިރު، ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުން ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ކަނޑައަޅާފައި އޮތުމުން، ގިނަބައެއްގެ ފާޑުކިއުންސ ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ މުވައްޒަފުން ރަސްމީ ވަގުތުތަކުގައި ސިޔާސީ ހަރަކާތްޔަކުގައި ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑައަޅާ، ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ މި ދައުރުގައި ނޫންކަމަށެވެ. އެކަން ކޮށްފައިވަނީ ކުރީ ދައުރުގައިކަމަށެވެ.

”ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ”ސިޔާސީ“ ހަރަކާތްތަކުގައި ސިވިލްސަރވަންޓުން ބައިވެެރިވުމަކީ ކުށެއްކަމުގައި ކަނޑައެޅީ ސިވިލްސަރވިސް ޤަވައިދަށް 4 ނޮވެމްބަރ 2021 ގައި ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެންނެއް ނޫންސިވިލްސަރވިސް ޤާނޫނަށް 2015 ވަނަ އަހަރު ގެނެވުނު 3 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައި އެކަންވަނީ ބަޔާންކުރެވިފައި. އަދި މިބަދަލު ސިވިލްސަރވިސް ޤަވައިދަށް 2015 ވަނަ އަހަރުގެނެވި އެކަން ވަނީ ޢާއްމުކުރެވިފަ“ : ސިވިލް ސާވިސް ކޮމިޝަން

ކޮމިޝަނުން އިތުރަށް ބުނީ ސިވިލްސަރވިސް ޤާނޫނަށް 2015 ވަނަ އަހަރު ގެނެވުނު 3 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގައިވާ މިންވަރަށްވުރެ އިތުރަށް އެއްވެސް ޙައްޤެއް ހަނިކޮށް ސިވިލްސަރވިސް ޤަވައިދު އިސްލާޙްކުރެވިފައެއް ނުވާނެކަމަށެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ  ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވިޔަސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ވާއިރު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *