Search Streamline Icon: https://streamlinehq.com

ރާއްޖޭގެ ކަމާބެހޭ އިދާރަތަކަށް ޖާބިރުގެ އިންޒާރެއް

Big IAkMiBCfYgrqovvao8I2IJqkd

މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓު ހައުސްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ޤާނޫން ތަންފީޒު ނުކޮށްފިނަމަ 1500 މީހުންނާއެކު އެރަށަށް އަރާނެ ކަމަށްބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަމާބެހޭ އިދާރާތަކަށް އިންޒާރެއް ދީފިއެވެ.

ޖާބިރު ވިދާޅުވީ އެރަށު މީހުން ނުކުމެ އެތަން ސުންނާފަތި ކުރަމުންދާއިރު ބަލަން ނުހުންނާނެ ކަމަށެވެ.

”އަޅުގަނޑު އިންޒާރު ދެން، ގާނޫނު ތަންފީޒު ނުކުރެވެންޏާ، އަޅުގަނޑުމެން 1500 މީހުން ގޮވައިގެން މަތިވެރިއަށް އަރަން ޖެހިދާނެ ކަމަށް ގާނޫނު ތަންފީޒު ކުރަން،“ ޖާބިރު ވިދާޅުވިއެވެ.

މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓު ހައުސް (ކަޒާމިއާ) ހުޅުވަން ހުރިހާ ތައްޔާރިތައް ވުމަށްފަހު އެތަނަށް ވަނީ އިއްޔެ ކަރަންޓުވެސް ދީފައެވެ. އެހެންނަމަވެސް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އެގެސްޓު ހައުސްއަށް ކަރަންޓުދޭ އިމާރާތުގައި އަލިފާން ރޯކޮށްފައެވެ.

ޖާބިރުގެ ދަރިފުޅު މީޑީޔާއަށް މައުލޫމާތުދިން ގޮތުގައި ބެލެވެނީ އެއްޗެއްގައި އަލިފާން ރޯކުރުމަށްފަހު އެތަނުގެ ތެރެޔަށް އެއްލާލުމުން އަލިފާން ރޯވީ ކަމަށެވެ. އަދި މުޅިތަން އަދާ އަޅިޔަށްވެފައިވާ ކަމަށް އޭނާވަނީ މައުލޫމާތުދީފފައެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މިއީ 25 މިލިޔަންގެ ބޮޑު އިންވެސްޓުމެންޓެކެވެ. އެހެންކަމުން އޭނައަށް އިންސާފު ހޯދަދޭންޖެހޭނެއެވެ. އިންސާފު ހޯދައި ނުދެވެންޏާ ހޯމް މިނިސްޓަރ، ޑިފެންސް މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާ ދިނުމަށް ޖާބިރު ގޮވާލިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *