ސަރުކާރު ކޮލިޝަން ގައި އޮތް އަދާލާތު ޕާޓީއިން އަނާރާ ނަޢީމް ވަކިވުމަށް އެދިއްޖެއެވެ.
ކުރިން މަކުނުދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަލް އުސްތާޒާ އަނާރާ ނައީމް އަދާލާތު ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ޕާޓީ އިން ވަކިވާން ނިންމެވި ސަބަބު ބަޔާން ކޮށްފައި ނުވި ނަމަވެސް މި ފަހަކުން ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން އެކަމަށް އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ފާދުވިދާޅުވަމުންނެވެ.

ޚާއްސަކޮށް ދީނީ ކަންކަމުގައި ސަރުކާރުގެ އަމަލުތައް ހުންނަގޮތްތަކަށް ފާދުވިދާޅުވެފައިވއެވެ. އެގޮތުން ތައުލީމީ މަންހަޖުގެ ތެރެއިން އިސްލާމް ފޮތުގައި ހުރި ޤުރުއާންގެ އާޔަތްތައް އުނިކުރުމަށް ކުރި މަސައްކަތަށްވެސް އަނާރާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އަދާލާތު ޕާޓީ އިން ވަކިވުމަށް އަނާރާ ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަނާއަށް މަރުހަބާ ކިޔަމުންނެވެ.









