މާދަމާއިން ފެށިގެން މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކުރަން އެކުންފުނިން ނިންމައިފިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން މާދަމާއިން ފެށިގެން މިފްކޯއިން ގަންނަ ރޯމަހުގެ އަގު ބޮޑުވެގެންދާނެއެވެ. އަހައެއާއެކު މިފްކޯގެ މަސްދަޅުގެ އަގުވެސް ބޮޑުވާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މާދަމާ މަސްދަޅު އަގު ބޮޑުކުރާ ޚަބަރު ހަމަ ލިބުމާއެކު ގިނަ އަދަދެއްގެ މީހުން ވަނީ މަސްދަޅު ކޭސްތައް ގަތުމަށް މިފްކޯ މަސްފިހާ ކައިރީ ކިއު ލައިން ހަދާފައެވެ. ރޯދަމަހާ ދިމާކޮށް މިފްކޯއިން މިގޮތަށް އަމަލުކުރަން ނިންމުމުން ރައްޔިތުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މިފްކޯއިން ބުނާގޮތުގައި އަންދާޒާ ކުރާ ގޮތުން މަސް ގަންނަ އަގަށް އަންނަ ބަދަލާއެކު ކޭހަކުން 60 ރުފިޔާ އަގު ބޮޑުވާނެއެވެ.









