Search Streamline Icon: https://streamlinehq.com

ފަހުގެ

ވެރިކަން ކުރާ ޕާޓީތެރެއިން ސަރުކާރު ވައްޓާލަން ހިންގާ ޖަރީމާތަކަކީ ރައީސްއަށް ދެވޭ އުދުވާނީ ހަމަލާއެއް

Mavota 1 876x566

ވެރިކަން ކުރާ ޕާޓީ (އެމްޑީޕީ) ތެރެއިން ސަރުކާރު ވައްޓާލަން ހިންގާ ޖަރީމާތަކަކީ ރައީސް އިބްރާހިމް މިހައްމަދު ސޯލިހުއަށް ދެވޭ އުދުވާނީ ހަމަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރަމުން ޝަރީފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އުޅެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓާލަން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީން ރައީސް ސޯލިހުއަށް ލިބިވަޑައިގަންނަވަނީ ރިޔާސީ ނިޒާމެއްގައި ރައީސަކަށް ލިބެން ޖެހޭ ބާރަށް ވުރެ ހަނި ބާރުތަކެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ސަރުކާރާ އިދިކޮޅު މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އިދިކޮޅު ޕާޓީގެ ރޯލު ވެރިކަން ކުރާ ޕާޓީން އަދާ ކުރާ ކަމީ، ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީ ތެރޭގައި ދެފެކްޝަނެއް އުފެދި ރައީސް ނަޝީދަށް ތާއިދުކުރާ މީހުން ބޭނުންވަނީ ޕާޓީގެ ޗެއަރޕާސަންއަކަށް އިންތި ހޮވާށެވެ. ރައީސް ސޯލިހުއަށް ތާއީދުކުރާ މީހުން ބޭނުންވަނީ މިނިސްޓަރ ފައްޔާޒު ޗެއަރޕާސަންއަކަށް ގެންނާށެވެ. މިކޯޅުމުގެ ތެރޭގައި ދެފެކްޝަނުން ދަނީ ޕާޓީތެރޭ ހަލަބޮލި ކުރުވާ ބަހުގެ ހަމަލާތައް ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި