Search Streamline Icon: https://streamlinehq.com

މަންދިއަށް ހަމަލާދިން މީހާއަށް 15 މަސްދުވަހުގެ ޖަލު ހުކުމެއް

329174 3 34e99d5f8aa6d30ff1c662e39cf96e71d46f1760 large

އެމްޑީޕީގެ އޮފީސެތެރޭގައި މަރިޔަމް ޒުބައިރު (މަންދީ) އާއި އިތުރު މީހަކަށް ހަމަލާދިން މުހައްމަދު ޖަޒީލް 15 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލްގެ މަންމަ މަންދީ އާއި ޕާޓީގެ އިތުރު މީހަކަށް ޗޭނުގަނޑަކުން ހަމަލާދީފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގައެވެ. އެހަމަލާގައި ޗޭނުގަނޑަކުން ޖެހުމުން މަންދީގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ.

ޖަޒީލްއަކީ އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެކެވެ. އޭނަގެ މުސާރަ ނުދީ ހިފެހެއްޓުމާއި ގުޅިގެން ހިތްހަމަނުޖެހިގެން ޖަޒީދުވަނީ އެމްޑީޕީ އޮފީސް ތެރޭގައި ނުރުހުން ފާޅުކޮށް މަންދީ އާއި ޕާޓީގެ އެހެން މީހަކަށް ހަމަލާދީފައެވެ.

މިމައްސަލައިގެ އަޑުއެހުމުގައި ޖަޒީލްވަނީ ކުށަށް އިއުތިރާފްވެ ކޯޓުގައި މާފަށް އެދިފައެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުންވަނީ 15 މަސްދުވަހަށް އޭނަ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

އޭނާ ދެ މީހުންނަށް ހަމަލާދީފައިވާތީ ވަކިވަކިން ކުރި ދެ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ ކޮންމެ ދައުވާއަކަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ކޯޓުގައި ކުށަށް އިތުރާފްވެ މާފަށް އެދިފައިވާތީ ޖަޒީލްގެ އަދަބު ކުޑަކޮށް 15 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވީއެވެ.

Leave a Reply

Your email address will not be published. Required fields are marked *