Search Streamline Icon: https://streamlinehq.com

ގޯތި ވިއްކުމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައިނުވާނެ: ރައީސް އޮފީސް

E2YnRtwVIAU5c0Z

ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައިނުވާނޭކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް 1000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާކަމަށް މީޑިއާއިން މައުލޫމާތު ލިބިފައިވާ ކަމަށާއ، އެއީ ހަގީގަތެއްކަމުގައި ވާނަމަ، ރާއްޖޭގެ އެހެން ރައްޔިތުންނަށްވެސް ހިލޭ ގޯތި ދެއްވާފަދައިން އެ ގޯތިތައް މާލޭގެ ރައްޔިތުންނަށް ދެއްވުމަށެވެ.

އެހެންކަމުން މުއިއްޒުގެ ސިޓީގެ ޖަވާބުގައި ރައިސް އޮފީހުން ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނުގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތި ދިނުމަށް ނިންމާފައިވާކަމަށް ރައީސް ސޯލިހު ހާމަކުރައްވާފައިވާ ކަމަށާއި އެގޯތިތަކަކީ ވިޔަފާރި އުސޫލުން ވިއްކާ ގޯތިތަކެއް ކަމަށް ރިޔާސީ ބަޔާނުގައި ބުނެފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ދޫކުރާ ގޯތިތަކަކީ ހިލޭ ދޫކުރާ ގޯތިތަކެއްކަން ރައީސް އޮފީހުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ކަންކަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސަމާލުކަމަށް ގެނެވިފައިވާކަމަށާއި މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ، އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތައް އެސިޓީގައި ހާމަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *